އަލްފާޟިލް ކަނޑި އަޙްމަދު އިސްމާޢީލް
ހ.ރޯނުގެ

               ކަނޑި އަޙްމަދު އިސްމާޢީލަކީ 1972 ވަނަ އަހަރު ރާއްޖޭގައި ޓޫރިޒަމް ފެށުނީއްސުރެ ޓޫރިޒަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 1972 ގައި، ބަނޑޮސް، ރިޒޯޓަކަށް ހެއްދެވުމުގެ މަސައްކަތާ ހަވާލުވެ ހުންނަވައިގެން އެކަން ކުރެއްވީ އަޙްމަދު އިސްމާޢީލެވެ. 1974 ން 1976 އަށް، ވިލިނގިލީ ރިޒޯޓުގެ މެނޭޖަރަކަށް ހުންނަވަނިކޮށް، ސަރުކާރުން އެ ރިޒޯޓު ކުއްޔަށް ދެއްވަން ނިންމެވުމާ ގުޅިގެން، ވިލިނގިލި ކުއްޔަށް ހިއްޕަވައި، އޭރު އެ ރިޒޯޓް ހުރިވަރަށްވުރެ ފެންވަރު ރަނގަޅު ކުރައްވައި، 1979 އާ ހަމައަށް އެ ރިޒޯޓް ހިންގަވާފައިވެއެވެ.

               1979 ގައި، މާލެއަތޮޅު އެނބޫދޫ، ރިޒޯޓަކަށް ހައްދަވައި، 22 ކޮޓަރީގެ ރިޒޯޓެއްގެ ގޮތުގައި، އެ ރަށް ހިންގަވަން ފެށްޓެވިއެވެ. މިހާރު އެ ރިޒޯޓުގައި 124 ކޮޓަރި ހުރެއެވެ. އަދި، 1994 ގައި މާލޭގައި ހުޅުވި، 31 ކޮޓަރީގެ 4 ތަރި ހޮޓަލެއް ކަމަށްވާ "ކާމްހޮޓެލް" އަކީވެސް، ކަނޑި އަޙްމަދު އިސްމާޢީލް ހައްދަވާފައިވާ ހޮޓަލެކެވެ.