އަލްފާޟިލާ ފަޟީލާ ޢާމިރު
ގ.ރިހިވެލި

               ފަޟީލާ ޢާމިރު އެންމެ ފުރަތަމަ ލަވައެއް ރެކޯޑު ކުރެއްވީ 1990 ވަނަ އަހަރުއެވެ. ބައެއް ފިލްމުތަކަށާއި، ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ފަޟީލާ ލަވަ ވިދާޅުވެދެއްވާފައި ވެއެވެ. ސްކޫލު ކުދިންގެ ލަވަ މުބާރާތަށް ތައްޔާރުވަމުންދާ ދުވަސްވަރު، ޚިދުމަތެއްގެ ގޮތުން ކުދިންނަށް ލަވަ ދަސްކޮށްދެއްވައި އަދި ވަރަށް ގިނަ ފަރާތްތަކަކަށް ހިލޭ ލަވަ ވިދާޅުވެދެއްވާފައިވެސް ވެއެވެ. މިހާތަނަށް ފަޟީލާގެ 125 ލަވަ ވަނީ ރެކޯޑު ކުރައްވާފައެވެ. މީގެތެރޭގައި އެކިއެކި ފިލްމުތަކަށާއި އަލްބަމުތަކަށް ވިދާޅުވެދެއްވާފައިވާ ލަވައާއި، ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ވިދާޅުވެދެއްވާފައިވާ ލަވަ ހިމެނެއެވެ.