އަލްފާޟިލް މުޙަންމަދު ރަޝީދު (ދޮންއަންނާރު)
ހ.ދޮންއަންނާރުގެ

               ދޮންއަންނާރު މުޙަންމަދު ރަޝީދަކީ، 1989 ން ފެށިގެން ފިލްމު އުފެއްދެވުމާއި، ފިލްމު ކުޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން މިހާތަނަށް 14 ފިލްމެއްގައި މީނާ ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ޓެލެޑްރާމާވެސް ކުޅުއްވާފައި ވެއެވެ. އަދި 9 ފިލްމެއް ޑައިރެކްޓް ކުރައްވައި، 1 ފިލްމު އުފައްދަވާފައިވެސް ވެއެވެ. ރާއްޖޭގައި ބޭއްވުނު ޤައުމީ ފިލްމު ފެސްޓިވަލުން، މުޙަންމަދު ރަޝީދު ޑައިރެކްޓް ކުރައްވާފައިވާ ބައެއް ފިލްމުތަކަށް އިނާމު ލިބިވަޑައިގެންފައި ވެއެވެ. މީގެތެރޭގައި ފިިލްމު "ޖަޒުބާތަ"ށް ލިބުނު ދެ އިނާމާއި، "މާވަހަރުގެ ހަދިޔާ" މި ފިލްމަށް ލިބުނު އިނާމު ހިމެނެއެވެ. އަދި "އާފަތިސް"ގެ ފިލްމު އެވޯޑުން 1994ގެ އެންމެ މޮޅު އެކްޓަރު ކަމާއި، 1996ގެ އެންމެ މޮޅު ޑައިރެކްޓަރުކަމުގެ އިނާމު މުޙަންމަދު ރަޝީދަށް ލިބިވަޑައިގެންފައި ވެއެވެ.