އަލްފާޟިލް ޙަސަން މަނިކު
ހ.ކާމިނީޕޫލްގެ

               ޙަސަން މަނިކަކީ، ފުޓްބޯޅަ ކުޅުއްވި، އަދި މިހާރު ފުޓްބޯޅަ ކުޅުމަށް ހިތްވަރު ދެއްވާ ބޭފުޅެކެވެ. 1975 ން 1982 އާ ދެމެދު، ކްލަބް ފެންވަރުގައި ކުޅުއްވާފައި ވެއެވެ. 1979 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވި ޤައުމީ ފުޓްބޯޅަ ޓީމުގައި ޙަސަން މަނިކު ހިމެނުނެވެ. މިހާރު ޙަސަން މަނިކަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެއް މަސްއޫލު މެންބަރަކަށްވުމުގެ އިތުރަށް، ކްލަބުގެ ޖެނެރަލް ސެކްރެޓެރީވެސްމެއެވެ. އަދި ޓީމުގެ މެނޭޖަރުކަންވެސް ކުރައްވާފައި ވެއެވެ. މީގެއިތުރުން، ނިއުރޭޑިއަންޓުގެ ފުޓްބޯޅަ ޓީމު، ރާއްޖެއިން ބޭރުގައި ކުޅުނު ބައެއް މެޗްތަކުގައިވެސް ޓީމުގެ މެނޭޖަރުކަން ކުރައްވާފައި ވެއެވެ. މިގޮތުން ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއްގެ ކުއޯޓަރ ފައިނަލުގައި މިހާތަނަށް ކުޅުނު ހަމައެކަނި ދިވެހި ކްލަބު ޓީމު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓީމުގެ މެނޭޖަރަކަށް ހުންނެވީވެސް ޙަސަން މަނިކެވެ.