ޓްރާންސް އޯޝަން ޕްރައިވެޓް ލިމިޓެޑް

                  ޓްރާންސް އޯޝަން ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގައި އުފައްދާ ހިކިމަހާއި ލޮނުމަސް ރާއްޖެއިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކުންފުންޏެކެވެ. މި މަސައްކަތް މި ކުންފުނިން ފަށާފައިވަނީ، 1993 ވަނަ އަހަރުއެވެ. 1995 ން 1997 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކޮށްފައިވާ އަމިއްލަ ކުންފުންޏަކީ މިއީއެވެ. މި ކުންފުނީގެ މެނެޖިންގ ޑިރެކްޓަރަަކީ އަލްފާޟިލް އިހަވަންދޫ ޙުސައިން ޝާކިރެވެ.

                  މި ކުންފުންޏަށް މަސް ވިއްކަން އެދޭ ފަރާތްތަކަށް، މާލެއިން ތުލުސްދުއަށް ދާނެ ތެލުގެ ޚަރަދު، ކުންފުނިން ދެމުން ގެންދެއެވެ.

                  މި ކުންފުނިން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 6,955 ޓަނު މަސް ބޭރުކޮށްފައި ވެއެވެ.