އަލްފާޟިލް އަޙްމަދު މުޖްތަބާ
ގ. ފުންފެން

                  އިހުރު ރިޒޯޓާ އަޙްމަދު މުޖްތަބާ ގުޅިވަޑައިގަތީ 1978 ގައެވެ. ޢަމަލީގޮތުން އިހުރުގެ މަސައްކަތްތަކުގައި އުޅުއްވަން ފެށްޓެވީ 1991 ގައެވެ. އިހުރު ރިޒޯޓުގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ގާ ހައްދާ މަޝްރޫޢެއް 1996 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ހިންގަަވަަމުންނެވެ. މި މަޝްރޫޢުގެ ދަށުން އެ ރިޒޯޓުގައި ދޮވެ ސާފުކުރުމަށް ބޭނުންކުރާ ތަކެއްޗަކީ، ބައޯޑީގްރޭޑަބްލް ތަކެއްޗެވެ. ފަތުރުވެރިން އެ ރިޒޯޓުގައި ފީނުމުގަޔާއި، ސްނޯކަލް ކުރުމުގައި ތިމާވެށި ރައްކާތެރި ކުރުމަށް ޚާއްޞަ މިންގަނޑުތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އަދި ކުނި އުކާލުމުގަޔާއި، ކުނި ނައްތާލުމުގައިވެސް ތިމާވެށި ރައްކާތެރި ކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައި ވެއެވެ. 

                  ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އިހުރު ރިޒޯޓުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، 1996 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އެ ރިޒޯޓަށް ހަނދާނީ ލިޔުމެއް ދެއްވާފައި ވެއެވެ.

                  މޯލްޑިވްސް އެސޯސިއޭޝަަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވުމުގައިވެސް އަޙްމަދު މުޖްތަބާ މުހިންމު ދައުރެއް އަދާކުރައްވާފައި ވެއެވެ.