އަލްފާޟިލާ ޢާރިފާ އިބްރާހީމް
އަނބުގަސްދޮށުގެ/ ތ.ހިރިލަންދޫ

               ޢާރިފާ އިބްރާހީމަކީ، ރުއްގަލު ބޭސްވެރިއެކެވެ. އެކިއެކި ގުނަންތައް ބިނދި، ހުޅުން ނެއްޓުންފަދަ ގެއްލުންތައް ލިބިފައިވާ މީހުންނާއި، އެކިގޮތްގޮތުން އަނިޔާ ލިބިފައިވާ ގިނަ މީހުންނަށް ބޭސްފަރުވާ ކޮށްދެއްވައެވެ. މީގެތެރޭގައި އަތޮޅުގެ ރަށްރަށުންނާއި، އެހެނިހެން އަތޮޅުތަކުންވެސް ރުއްގަލުބޭހުގެ ފަރުވާ ހޯދުމަށް ހިރިލަންދުއަށް އަންނަ މީހުން ހިމެނެއެވެ. މިއީ، ޢާންމު ޚިދުމަތެއްގެ ގޮތުން ޢާރިފާ ކޮށްދެއްވަމުން ގެންދަވާ ކަމެކެވެ. ޚިދުމަތް ދެއްވަމުން ގެންދަވާތާ މިހާރު 23 އަހަރު ވެއްޖެއެވެ.