އަލްފާޟިލާ ފާޠިމަތު ނަހުލާ
މއ.ކަބީލާގެ

               ފާޠިމަތު ނަހުލާ، ވާހަކަ ލިޔުއްވުމުގެ ރޮނގަށް ވެދެވަޑައިގަތީ، ދަސްކުރާ މުދައްރިސެއްގެ ގޮތުގައި 1991 ން ފެށިގެން 4 އަހަރު ވަންދެން އުޅުއްވިއިރުގައެވެ. ދިވެހި ފިލްމު "ލައިލާ" އަކީ، ނަހުލާ ލިޔުއްވި ފުރަަތަމަ ދިގުވާހަކައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މިނޫނަސް ނަހުލާ ލިޔުއްވާފައިވާ ބައެއް ވާހަކައިގެ މައްޗަށް ބިނާކޮށް، ފިލްމު ހަދާފައި ވެއެވެ. މިހާތަނަށް 90 އަށްވުރެ ގިނަ ކުރުވާހަކައާއި ދިގުވާހަކައާއެކު، ފިލްމަށާއި ޑްރާމާއަށް ލިޔާ ލިޔުންތައް، ނަހުލާ ލިޔުއްވާފައި ވެއެވެ. އަދި ޓީ.ވީ މޯލްޑިވްސް އަށް ބައެއް ޓެލެޑްރާމާތައްވެސް ލިޔުއްވައިދެއްވާފައި ވެއެވެ. ނަހުލާގެ ވާހަކަތައް ނޫސް މަޖައްލާތަކުގައި ޝާއިޢު ކުރައްވާފައި ވެއެވެ. އަދި އަމިއްލަ ވާހަކަ މަޖައްލާއެއްވެސް ރަޖިސްޓަރީ ކުރައްވާފައި ވެއެވެ.