ފޯކަސް ކޮމްޕިއުޓަރސް ޕްރައިވެޓް ލިމިޓެޑް

               ފޯކަސް ކޮމްޕިއުޓަރސް ޕްރައިވެޓް ލިމިޓެޑަކީ، ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅޭ ތަކެތި ވިއްކުމާއި، ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް ވަރަށް ފުޅާ ދާއިރާއެއްގައި ދެމުންގެންދާ ކުންފުންޏެކެވެ. މި ކުންފުނިން މި މަސައްކަތް ފެށީ 1994 ގައެވެ. ކޮމްޕިއުޓަރާބެހޭ އެންމެ އާދައިގެ ޚިދުމަތްތަކުން ފެށިގެން އެންމެ ޒަމާނީ ފެންވަރަށް ކޮމްޕިއުޓަރުގެ ވިއުގަ ފަރުމާކުރުމާއި، ވިއުގަ ޤާއިމުކޮށް މަރާމާތުކޮށް ބެލެހެއްޓުމާއި، ލަފާދިނުންވެސް މި ކުންފުނީގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. 

               މި ކުންފުނީގެ ޑިރެކްޓަރުންނަކީ، ސ.މީދޫ އަނބުގަސްދޮށުގޭ އަލްފާޟިލް ޞަބާޙު ރަޝީދާއި، ސ.ހުޅުދޫ ބްލޫއެއަރ އަލްފާޟިލް އަޙްމަދު ދީދީއާއި، މ.ހަނީޑިއު އަލްފާޟިލް މުޙަންމަދު އަޙްމަދު ދީދީއެވެ.