އަލްފާޟިލް ޢަބްދުﷲ ފާއިޒު
ހ. ލަންދޫގެ

               ޢަބްދުﷲ ފާއިޒު މަސްވެރިކަން ކުރައްވަން ފެށްޓެވީ އުމުރުން ގާތްގަނޑަކަށް 13 އަހަރުގައެވެ. އިސް ކެޔޮޅެއްގެ ގޮތުގައި މީނާ މަސްވެރިކަން ކުރައްވާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މައިގަނޑު ގޮތެއްގައި ޢަބްދުﷲ ފާއިޒު ކުރައްވަނީ ކަނޑުމަހުގެ މަސްވެެރިކަމެވެ. މަސްވެރިކަމުން ޢަބްދުﷲ ފާއިޒަށް  ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވެވި މަސްބޭނުމުގެ މުބާރާތުންނާއި، ދެވަނަ މަސްވެރިންގެ ދުވަހު މާލޭގައި ބޭއްވެވި މަސްބޭނުމުގެ މުބާރާތުން އެންމެ ގިނަ މަސް ބޭނި މީހަކަށް ދެއްވި އިނާމު ލިބިވަޑައިގެންފައިވަނީ ޢަބްދުﷲ ފާއިޒަށެވެ. އަދި ތިންވަނަ މަސްވެރިންގެ ދުވަހު ބޭއްވެވި މުބާރާތުގައިވެސް އެންމެ ބޮޑު މަހެއް ބޭނި މީހަކަށް ދެއްވި އިނާމުވެސް ލިބިވަޑައިގެންފައިވަނީ ފާއިޒަށެވެ.