މާލޭ އޮޕްޓިކަލް ކޮމްޕެނީ

               މާލޭ އޮޕްޓިކަލް ކޮމްޕެނީއަކީ، ރާއްޖޭގައި އައިނު ހަދައިދިނުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ކުންފުންޏެވެ. މި މަސައްކަތް ފެށީ، 1981 ވަނަ އަހަަަަަަރުއެވެ. މި މަސައްކަތް ފުރަތަމަ ކުރެއްވީ، މި ކުންފުނީގެ އިސް ބޭފުޅެއް ކަމަށްވާ ގ.އަލިމަތާގޭ އަލްފާޟިލް މޫސާ މުޙަންމަދު، މިކަމުގެ ޚާއްޞަ ތަމްރީނު ރާއްޖެއިން ބޭރުން ހޯއްދެވުމަށްފަހުގަައެވެ. މި ޚިދުމަތް ރާއްޖެއިން ލިބެން ފެށުމުން ރާއްޖޭގައި އައިނު ހަދަން ބޭނުންވެފައިވާ ގިނަބަޔަކަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދިޔައެވެ. ތަނަވަސްކަން ނެތް ފަގީރުންނަށް މިތަނުން އައިނު ހަދައިދެނީ މުޅިން ހިލެއެވެ.

               އައިނު ހެދުމުގެ އިތުރަށް، އަޑު އިވުމުގެ ޙިއްސަށް އުނިކަން ލިބިފައިވާ މީހުންނަށް ހިޔަރިންގ އެއިޑް ހޯދައިދިނުމުގެ ޚިދުމަތްވެސް މި ކުންފުނިން ވަނީ ފަށާފައެވެ.

               މި ކުންފުނީގެ މަސްއޫލުވެރިންނަކީ، ގ.އަލިމަތާގޭ އަލްފާޟިލް މޫސާ މުޙަންމަދާއި، ގ. ގޮފި އަަލްފާޟިލް އަޙްމަދު ޢިއްޒަތު ޞިދްޤީ އެވެ.