އަލްފާޟިލާ ޒުލްފާ އިބްރާހީމް
ހ. ޒެމްބަސީ

               ޒުލްފާ އިބްރާހީމް، ކުރުވާހަކަ ލިޔުއްވަން ފެށްޓެވީ މަދްރަސީ ދައުރުގައެވެ. ޒުލްފާ ލިޔުއްވި ވާހަކަތައް، ބައެއް ނޫސް މަޖައްލާތަކުގައިވެސް ޝާއިޢު ކުރައްވާފައިވެއެވެ.

               މިނިވަން 25ގެ މުނާސަބަތުގައި ހުޅުވައިލެއްވި ކުޑަކުދިންގެ ވާހަކަ ލިޔުމުގެ މުބާރާތަށް ޒުލްފާ ހުށައެޅުއްވި 32 ވާހަކައިގެ ތެރެއިން 14 ވާހަކައަށް ވަނަ ލިބިވަޑައިގަތެވެ. ދިވެހިރާއްޖޭގެ ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން ޒުލްފާގެ ވާހަކަތަކަށް ދެފަހަރަކު 1 ވަނައާއި، ދެފަހަރަކު 3 ވަނަ ލިބިވަޑައިގެންފައި ވެއެވެ. ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން ދިގުވާހަކަ ލިޔުމުގެ ބައިންވެސް އެއްފަހަރު 3 ވަނަ ހާސިލުކުރެއްވިއެވެ. ޒުލްފާގެ ގިނަ ވާހަކަތައް ބިނާކުރައްވާފައިވަނީ އިޖްތިމާޢީ އެކިއެކި މައްސަލަތަކުގެ މައްޗަށެވެ.