އަލްފާޟިލް ޝާހު އިސްމާޢީލް
މ. ޖަވާހިރުވިލާ

               ޝާހު އިސްމާޢީލް ފުޓްބޯޅަ ކުޅެން ފެށީ މަދްރަސީ ދައުރުގައެވެ. އޭރުވެސް ފާހަގަކޮށްލެވޭފަދަ ކާމިޔާބީތައް މީނާ ހޯދާފައިވެއެވެ. މަދްރަސީ ދައުރަށްފަހު ފުޓްބޯޅަ ކުޅެން ފެށީ 1991 ވަނަ އަހަރުއެވެ. ޤައުމީ ފުޓްބޯޅަ މުަބާރާތާއި އެހެން މުބާރާތްތަކުގައި އެކި ޓީމުތަކަށް މީނާ ފުޓްބޯޅަ ކުޅެމުން ގެންދެއެވެ. އަދި، ޤަައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުން ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ކުޅުނު މެޗުތަކުގައި، ރާއްޖެ ތަމްސީލު ކޮށްދީފައިވެއެވެ. މިގޮތުން، 36 ފަހަަރު ޤައުމީ ފުޓްބޯޅަ ޓީމަށް މީނާ ކުޅެފައި ވެއެވެ.

               1992 ވަނަ އަހަރުގެ "ފެއަރ ޕްލޭޔަރ"ގެ މަޤާމު ލިބިފައި ވެއެވެ. 1997 ވަނަ އަހަރު އެންމެމޮޅު ފޯވަޑް ކުޅުންތެރިޔާގެ މަގާމާއި، ދުވަހުނޫސް "ހަވީރު"ގެ ފަރާތުން ދޭ "މޯލްޑިވިއަން ފުޓްބޯލަރ އޮފް ދި އިޔަރ"ގެ މަގާމު 1998 ގައި ލިބިފައި ވެއެވެ. އަދި، އެންމެގިނަ ގޯލުޖެހި ކުޅުންތެރިޔަކަށްދޭ ރަން ބޫޓު، 1998، 1999 މި ދެއަހަރު ލިބިފައިވުން ހިމެނެއެވެ.