އަލްފާޟިލާ ޝިފާ ތައުފީޤު
ހ. ހާޖަރާގެ

               ޝިފާ ތައުފީޤު ލަވަ ވިދާޅުވާން ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. މިހާތަނަށް 294 އަށްވުރެ ގިނަ ލަވަ ވިދާޅުވެފައިވެއެވެ. މީގެތެރޭގައި، ފިލްމުތަކަށާއި، ލަވަ އަލްބަމްތަކަށް ވިދާޅުވެފައިވާ ލަވަތައް ހިމެނެއެވެ. މަދަރުސާތަކުގެ ކުދިންނަށް ލަވަ މުބާރާތްތަކަށާއި، އެހެނިހެން މުނާސަބަތުތަކަށް ލަވަ ދަސްކޮށްދެއްވުމާއި،  ލަވަ އަލްބަމް  ނެރުއްވުމާއި، ބައެއް، ލަވަ މުބާރާތްތަކުގެ ފަނޑިިޔާރުކަން ކުރައްވާފައި ވެއެވެ. މީނާއަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ދިވެހި ފިލްމު ފެސްޓިވަލް 2 ން އެންމެމޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަގާމާއި، އާފަތިސް ފިލްމީ އިނާމުން އެންމެމޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަގާމު، 3 އަހަރު ލިބިވަޑައިގެންފައިވުން ހިމެނެއެވެ.