އަލްފާޟިލް އަޙްމަދު ޢާމިރު
ގ. ރިހިވެލި

               އަޙްމަދު ޢާމިރު މިޔުޒިކް ކުޅުއްވަން ފެށްޓެވީ، މަދްރަސީ ދައުރުގައި، ސްކޫލުގެ ކުދިންކޮޅަކާއެކު އުފެއްދެވި ބޭންޑަކާ ގުޅިގެންނެވެ. މަދްރަސީ ދައުރު ނިންމެވުމަށްފަހު 1993 ގައި، މާސް ސްޓޫޑިއޯގެ ނަމުގައި ޢާމިރު ބައިވެރިވެވަޑައިގަންނަވާ ސްޓޫޑިއޯއެއް އުފެއްދެވިއެވެ. މި ސްޓޫޑިއޯއިން މިޔުޒިކް ޓްރެކް ހެދުމާއި، ލަވަ ރެކޯޑު ކޮށްދިނުމާއި، ލަވައިގެ އަލްބަމް ނެރުންފަދަ މަސައްކަތް ކުރަން ފެށިއެވެ. މިގޮތުން، މިތަނުން، މަދަރުސާ ކުދިންގެ ލަވަމުބާރާތަށް މިޔުޒިކް ޓްރެކް ހަދަައިދިނުމާއި، މުބާރާތުގައި ބައިވެރިވާ ކުދިންނަށް ލަވަކިޔަން ދަސްކޮށްދިނުމުގެ ޚިދުމަތް ދެމުން ގެންދެއެވެ. މާސް ސްޓޫޑިއޯއިން މިހާތަނަށް އަމިއްލަ 6 ލަވަ އަލްބަމް ނެރެފައި ވެއެވެ.  އަދި އެހެން ފަރާތްތަކުގެ 9 ލަވަ އަލްބަަަަަަމް ރެކޯޑު ކޮށްދީފައިވެއެވެ. މި އަލްބަމްތަކުގައި، އަޙްމަދު ޢާމިރު ހައްދަވާފައިވާ އަމިއްލަ ރާގުތަކާއި މިޔުޒިކް ޓްރެކްތައް ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ 7 ރާގު ހިމެނޭ ލަވަ އަލްބަމެއްވެސް "ފަންވަތު"ގެ  ނަމުގައި ނެރުއްވާފައި ވެއެވެ. މި އަލްބަމުގައި ހިމެނޭ 6 ލަވައިގެ ރާގުވެސް ހައްދަވާފައި ވަނީ އަޙްމަދު ޢާމިރެވެ. މިޔުޒިކް ޓްރެކާއި، ރާގު ހެއްދެވުމުގެ އިތުރުން މީނާއަކީ ލަވަ ވިދާޅުވާ ބޭފުޅެއްވެސްމެއެވެ. މިހާތަނަށް 78 ލަވަ ވިދާޅުވެ ރެކޯޑު ކުރައްވާފައި ވެއެވެ. 

               އަމިއްލަ ރާގު އުފެއްދުމުން، ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުންނާއި، އެކިއެކި ލަވަ ޕްރޮގުރާމްތަކުން އިނާމު ލިބިވަޑަައިގެންފައި ވެއެވެ. އަދި، ފުރަތަމަ ދިވެހި ފިލްމު ފެސްޓިވަލުން ބެކްގްރައުންޑް މިޔުޒިކުން 1 ވަނަ ލިބިވަޑައިގެންފައިވެސް ވެއެވެ.