އަލްފާޟިލް ޙުސައިން ރަޝީީދު
ގ. މަޚްމާގެ

                ޙުސައިން ރަޝީދު، ފިލްމު އުފެއްދުމުގެ މަސައްކަތް ފެށްޓެވީ 1992 ވަނަ އަހަރުއެވެ. މިގޮތުން "ފަރިވާ ފިލްމްސް"ގެ ފަރާތުުން މިހާތަނަށް 30 ފިލްމު އުފައްދަވާފައި ވެއެވެ.  ފިލްމު އުފެއްދެވުމުގެ އިތުރަށް، ފިލްމު ޑައިރެކްޓް ކުރެއްވުމާއި، ފިލްމުގެ ވާހަކަ ލިޔުއްވުމުގެ މަސައްކަތްވެސް މީނާ ކުރައްވައެވެ.

                މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިލްމު އިންޑަސްޓްރީގެ ރައީސްކަން ދެއަހަރު މީނާ ކުރައްވާފައި ވެއެވެ. ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުންދާ ފިލްމީ ތަރިންނާއި ފަންނީ މީހުންގެ ތެރެއިން ބައެއް މީހުންނަކީ މީނާގެ ބެއްލެވުމުގެ ދަށުން ތަމްރީނު ލިބިފައިވާ މީހުންނެވެ.

                މިރޮނގުން ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ފުރަތަމަ ދިވެހި ފިލްމު ފެސްޓިވަލުން، "ފަރިވާ ފިލްމްސް" އިން ތައްޔާރުކުރި ފިލްމު "ކަރުނަ" އަށް، އެންމެމޮޅު ސްޕެޝަލް އިފެކްޓްސް އިނާމު ލިބިފައިވުމާއި، ފިލްމު "ކަރުނަ"އިގެ ވާހަކަ، އެންމެމޮޅު ވާހަކައަކަށް ހޮވިފައިވުން ހިމެނެއެވެ.