އަލްފާޟިލް އަޙްމަދު ފައިރޫޒް
މއ. ޕިނެކްލް

               އަޙްމަދު ފައިރޫޒް، ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރައްވަން ފެށްޓެވީ، 1993 ވަނަ އަހަރުއެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ "ނައުޝާދު އާޓްސް" ގައެވެ. ނަމަވެސް މިހާރު މި މަސައްކަތް ކުރައްވަނީ މީނާ އަމިއްލަ ސްޓޫޑިއޯއެއްގައެވެ. މިތާނގައި، ކުރެހުމުގެ މަސައްކަތް ކުދިންނަށް ދަސްކޮށްދެއްވަމުން ގެންދަވައެވެ.

               މީނާ ފަރުމާކުރައްވާފައިވާ ޖުމްހޫރީ 30 ގެ ލޯގޯއާއި، ޖުމްހޫރީ ބިނާއާއި، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުގައި މިހާރު ބޭނުންކުރައްވާ ލޯގޯއާއި، ދިވެހި ފުޓްބޯޅައިގެ ރަންޔޫބީލް ލޯގޯއަކީ، މިތަަކެތި ފަރުމާކުރުމަށް އާންމުކޮށް ހުޅުވާލެވުނު މުބާރާތްތަކުގައި ވާދަކުރައްވައި އެއްވަނަ ހޯއްދަވާފައިވާ ފަރުމާކުރެއްވުން ތަކެކެވެ. އަމިއްލަ ފަރާތްތަކަށްވެސް މީނާ ލޯގޯ ފަރުމާކޮށްދެއްވައެވެ. 1986 ވަނަ އަހަރު ޖަޕާނުގަަައި އޮތް ބަައިނަލްއަޤްވާމީ ކުރެހުމުގެ މަަޢުރަޟުން ބްރޯންޒް އެވޯޑެއް ލިބިވަޑައިގެންފައިވެއެވެ. އަދި، 1988 ވަނަ އަހަރު އ.ދ.ދުވަހާ ގުޅިގެނެް، މަޖީދިއްޔާ ސްކޫލުގައި ބޭއްވި ކުރެހުމުގެ މުބާރާތުން 3 ވަނަ ލިބިވަޑައިގެންފައިވެސް ވެއެވެ.