ޖައުސާ ކޮންޓްރެކްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

               ޖައުސާ ކޮންޓްރެކްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ، 1991 ވަނަ އަހަރުއެވެ. މިހާތަނަށް ކޮށްފައިވާ ބޮޑެތި މަސައްކަތްތައް ކަމުގައި ފާހަގަކޮށްލެވޭ 25 އިމާރާތެއް މި ކުންފުނިން އިމާރާތް ކޮށްފައިވެއެވެ. މީގެތެރޭގައި މާލެއާއި ޓޫރިސްޓް ރިޒޯޓުތަކުގައި ކޮށްފައިވާ އިމާރާތްތައް ހިމެނެއެވެ. މާލޭގައި އިމާރާތްކޮށްފައިވާ ސެންޓްރަލް ހޮޓަލުގެ މަސައްކަތަކީ، މިކުންފުނިން ކޮށްފައިވާ މަސައްކަތެކެވެ.

               މި ކުންފުނިން "ޖައުސާ ލަންކާ ޕްރަައިވެޓް ލިމިޓެޑް"ގެ ނަމުގައި ޝްރީލަންކާގައި ކުންފުންޏެއް އުފައްދައި، ޝްރީލަންކާގައިވެސް އިމާރާތް ކުރުމުގެ މަސައްކަތާއި، ކޮންކްރީޓް ޓްރާޒޯ ބެންޗް އުފެއްދުމުގެ މަަސައްކަތް ކުރަމުންގެންދެއެވެ.

               ޖައުސާ ކޮންޓްރެކްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، ތ.އޮމަދޫގައި 40x50 ފޫޓުގެ މިސްކިތެއްވަނީ ބިނާކޮށްފައެވެ. އެއީ، މަސްޖިދުއްތަޛްކިރާ އެވެ.

               މިކުންފުނީގެ މަސްއޫލުވެރިންނަކީ، މ. ރީނާ އަލްފާޟިލް ޖަޢުފަރު ޢީސާ އާދަމާއި، މ. ރީނާ އަލްފާޟިލާ ސަޢީދާ ނަޢީމެވެ.