މެރީން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

               މެރީން ކޮޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރާ މައިގަނޑު މަސައްކަތަކީ، ދިރޭ ފަރުމަހާއި، ފިނިކުރި ފަރުމަސް އެކްސްޕޯޓް ކުރުމެވެ. ހިކިކަނޑުމަހާއި ލޮނުމަސް އަދި ހުއިފިލަނޑައާއި މިޔަރު އުރަހަވެސް ގިނަ އަދަދަކަށް އެކްސްޕޯޓް ކުރެއެވެ. އަމިއްލަ ފަަރާތްތަކުގެ އެކްސްޕޯޓަށް ބަލާއިރު، 1995 ވަނަ އަަހަރުން ފެށިގެން،  ރާއްޖެއިން މަހުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރާ ދެފަރާތުގެ ތެރޭގައި، މި ކުންފުނި ހިމެނެއެވެ. 1997، 1998، 1999 މި ތިން އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކޮށްފައިވަނީވެސް، މިކުންފުނިންނެވެ. މިގޮތުން، ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގަަަަައި 128 މިލިޔަން ރުފިޔާގެ މަސް، މިކުންފުނިން އެކްސްޕޯޓް ކޮށްފައިވެއެވެ.

               21 އޮގަސްޓު 1989 ގައި އުފެދުނު މިކުންފުނީގެ މަސްއޫލުވެރިންނަކީ، މ.އަންދަލީބުގޭ އަލްފާޟިލް އިބްރާހީމް ނިޒާރާއި، ތ. ވިލުފުށީ ފީރޯޒުގޭ އަލްފާޟިލް އިސްމާޢީލް ނިޒާރެވެ.