އަލްފާޟިލް ޞަލާޙު ޝިހާބު
މ. ބަގީޗާގެ

               ޞަލާޙު ޝިހާބަކީ، ހއ. މާފަހި ދިގު މުއްދަަތަށް ކުއްޔަށް ހިއްޕަވައިގެން އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެރަށުގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައް، ރާއްޖޭގެ ބާޒާރަށް ނެރުއްވައި ވިއްކަވަމުން ގެންދަަވައެވެ. އަދި އެރަށުގައި، އެކި ބާވަތުގެ ގަސްގަހާގެހީގެ ނާސަރީއެއްވެސް ވަނީ ތައްޔާރުކުރައްވާފައެވެ. ދަނޑުވެރިކަމުގެ ގޮތުން ގަސްގަހަށްޖެހޭ ބަލިތައް ދިރާސާ ކުރައްވައިގެން ކާމިިޔާބުކަމާއެކު އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަަވައެވެ. މާފަހީގައި ހައްދާ ފަޅޮލަކީ، ރާއްޖޭގެ މީހުންނަށް ވަރަށް މީރު ފަޅޮލެކެވެ. މީގެއިތުރުން، މާފަހީގައި ގިނަ އަދަދަކަށް ރުއްވެސް އިންދަވާފައި ވެއެވެ. ހައިޑްރޮޕޮނިކްސް ދަނޑުވެރިކަން ތަޢާރުފު ކުރެއްވުމުގެ ގޮތުން "އޮޓޯޕޮޓް ސިސްޓަމް"ގެ ހައިޑްރޮޕޮނިކްސް ގްރީންހައުސްއެެއް ތައްޔާރުކުރައްވައި މި މަސައްކަތްވެސް ވަނީ ފަށްޓަވާފައެވެ.