އަލްފާޟިލް ޢިމާދު ލަޠީފު
ޗާނދަނީވިލާ/ސ.މީދޫ

               ޢިމާދު ލަޠީފު، ލިޔުންތެރިކަމުގެ ރޮނގުން މަސައްކަތް ކުރައްވަން ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. އެދުވަސްވަރު، ސްކޫލުގެ ދަރިވަރުން ނެރުނު މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. 1992 ގެ އޮކްޓޫބަރު މަހުން ފެށިގެން، އަދުގެ ދުނިޔެއާއި، ބައިނަލްއަޤްވާމީ ކުޅިވަރުގެ ދާއިރާއިން "ހަވީރު" ނޫހުގައި ޢިމާދު ލިޔުންވަމުން ގެންދަވައެވެ. އަދި ހަމަ މިދެންނެވި ދާއިރާތަކުންނާއި، ރާއްޖޭގެ ކުޅިވަރާ ބެހޭގޮތުން ޓީ.ވީ މޯލްޑިވްސްގެ ބައެއް ޕުރޮގުރާމުތަކަށް ރިޕޯޓު ލިޔުއްވައިދެއްވަމުން ގެންދަވައެވެ. މީގެއިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުން ނެރުއްވާ "ހުވަނދު" މަޖައްލާއަށާއި، "ފަތްތޫރަ" އަށްވެސް އަދުގެ ދުނިޔެއާ ބެހޭގޮތުން ޢިމާދު ލިޔުއްވަމުން ގެންދަަވައެވެ.

               ޢިމާދު ލަޠީފު މިހާރު ލިޔުންތެރިކަމުގެ ރޮނގުން މަސައްކަތް ކުރައްވަނީ "ހަވީރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރެއްގެ މަގާމުގައެވެ.