ޑޮކްޓަރ ޢާއިޝަތު އެލީނާ
ގ. އައިދޫގެެ

        މި އިނާމު ޑޮކްޓަރ ޢާއިޝަތު އެލީނާ ހާސިލުކުރައްވާފައިވަނީ، ހިތުގެ މައްސަލަތައް ޙައްލުކުރުމަށް ބޭނުންކުރާ މެޑިކަލް ޕްރޮސީޖަރެއް ކަމުގައިވާ [ ކެތެޓަރ އިންޓަރވެންޝަން ޑިވައިސް ކްލޯޝަރ] މެދުވެރިކޮށް ތުއްތުކުއްޖަކަށް ފަރުވާދެއްވައި، މިކަމާ ގުޅޭ ތަފްސީލުތައް މިއަހަރު ސައުތު ކޮރެއާގެ ސޯލްގައި، ބޭއްވި ކާޑިއޮލޮޖިސްޓުންނަށް ޚާއްޞަ ސަމިޓެއް ކަމަށްވާ ޓްރާންސް ކެތެޓަރ ކާޑިއޯ ވެސްކިއުލަރ ތެރެޕިއުޓިކްސް އޭޝިއާ ޕެސިފިކް (ޓީ.ސީ.ޓީ.އޭ.ޕީ) ސަމިޓަށް ހުށަހަޅުއްވައިދެއްވައި، އެ ސަމިޓުން [ބެސްޓް ކޭސް އެވޯޑް] ހާސިލުކުރައްވައިގެންނެވެ.

       ޑޮކްޓަރ ޢާއިޝަތު އެލީނާ ކޭސް ހުށަހަޅުއްވާފައިވަނީ، ކޮންޖެނިޓަލް ހާޓް ޑިޒީޒް (އުފަންވާއިރު ހުންނަ ހިތުގެ ބަލިތަކަށް) އަށް ފަރުވާދިނުމުގެ ގިންތިއަށެވެ. އުމުރުން އެންމެ 15 ދުވަސްވީ ތުއްތުކުއްޖަކަށް މިފަރުވާ ދެއްވައިގެން، ޑޮކްޓަރ އެލީނާއާއި ޓީމު ފާހަގަކޮށްލެވެނީ މުޅިދުނިޔެއިންވެސް އެންމެ ތުއްތު ކުއްޖަކަށް މި ޕްރޮސީޖަރއިން ފަރުވާދެއްވައި، ކާމިޔާބު ކުރެއްވި ޓީމުކަމުގައެވެ. 
 
      ޑޮކްޓަރ ޢާއިޝަތު އެލީނާއަކީ، ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ޚާއްޞަ، ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. ޑޮކްޓަރ އެލީނާ މިހާރު ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޕީޑިއެޓްރިކް ކާޑިއޮލޮޖިސްޓްގެ މަގާމުގައެވެ.