ޑޮކްޓަރ ރަޙީމާ ޢަބްދުއްރަޙީމް
މއ. ދަތުރުނާގެ

       މި އިނާމު މި އެރުވެނީ އޮސްޓްރޭލިޔާގެ ކަރޓިން ޔުނިވަރސިޓީ އޮފް ޓެކްނޯލޮޖީ އިން 2014 ވަނަ އަހަރު ޕަބްލިކް ހެލްތުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ ތީސީސްއަށް ކުރެއްވި ދިރާސާގެ ބައެއް މަޢުލޫމާތު ހިމަނުއްވައިގެން ލީޑް އޯތަރެއްގެ ގޮތުގައި ލިޔުއްވި އާޓިކަލެއް އެމެރިކާގެ މޭރީ އޭން ލީބަރޓް އިންކް އިން ނެރޭ "ބްރެސްޓްފީޑިންގ މެޑިސިން" ޖަރނަލްގައި ޝާއިޢުކޮށްފައިވާތީއެވެ.

       ޑޮކްޓަރ ރަޙީމާގެ ދިރާސާއަކީ، ވިހެއުމަށްފަހު މައިމީހާ ތަޙައްމަލުކުރަންޖެހޭ ކަންތައްތަކާ ގުޅިގެން ދިމާވާ ޑިޕްރެޝަންގެ ސަބަބުން ތުއްތު ދަރިފުޅަށް ކާނާ ދިނުމަށާއި (ފީޑްކުރުން / ގާތުން ކިރުދިނުން) ދަރިފުޅުގެ ހެދިބޮޑުވުމަށް ކުރާ އަސަރާ ބެހޭ ގޮތުން ކުރައްވާފައިވާ ދިރާސާއެކެވެ. ޑޮކްޓަރ ރަޙީމާގެ ދިރާސާގައި ބައިވެރިވެފައިވަނީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، އޭ.ޑީ.ކޭ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން ދިޔަ 458 މައިންނާއި، އެ މައިންގެ ތުއްތު ދަރިންނެވެ.  
 
      ޑޮކްޓަރ ރަޙީމާ ޢަބްދުއްރަޙީމް މިހާރު ހުންނެވީ، ވިލާ ކޮލެޖުގެ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.