ޑޮކްޓަރ ޢަބްދުލްޙަންނާން ވަޙީދު
ދަފްތަރު ނަންބަރު 2968 މާލެ

      މި އިނާމު މި އެރުވެނީ އޮސްޓްރޭލިޔާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ ތީސީސްއަށް ކުރެއްވި ދިރާސާގެ އަލީގައި، އިންޓަރނޭޝަނަލް ޖަރނަލް އޮފް އެޑިޔުކޭޝަންގައި އާޓިކަލެއް ޝާއިޢުކުރުމާ ގުޅިގެންނެވެ. ޑޮކްޓަރ ޢަބްދުލް ޙަންނާން ވަޙީދު ދިރާސާ ހައްދަވާފައިވަނީ، ކުދި ޤައުމުތަކުގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރުމަށް ބޭނުންކުރެވިދާނެ މޮޑެލެއް އުފެއްދުމާ ގުޅޭގޮތުންނެވެ. މި މޮޑެލަކީ، އެހެން ޤައުމުތަކަށްވެސް ބޭނުންކުރެވިދާނެ މޮޑެލެކެވެ. 

      ޑޮކްޓަރ ޢަބްދުލްޙަންނާން ވަޙީދު މިހާރު ހުންނެވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައެވެ.