އަލްފާޟިލާ ފާޠިމަތު ޒޫނާ
ގ.ހެޕީސައިޑް

              ފާޠިމަތު ޒޫނާއަކީ، ކުޑައިރުއްސުރެ ލަވަ ވިދާޅުވުމަށް ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ. ޒޫނާ ލަވަ ވިދާޅުވުމަށް ބޮޑަށް ޝައުޤުވެރިވެވަޑައިގަތީ، 1994 ގައި، ޔޫތު މިނިސްޓްރީން ހިންގެވި "ބޭސިކް ވޮއިސް ޓްރޭނިންގ ކޯސް" ފުރިހަމަ ކުރެއްވުމަށްފަހުގައެވެ. ޤައުމީ އެކިއެކި މުނާސަބަަތުތަކަށާއި، ލަވަ އަލްބަމްތަކަށާއި، ފިލްމުތަކަށާއި، އިޝްތިހާރުތަކަށް މިހާތަނަށް ޒޫނާ 195 ލަވަ ވިދާޅުވެފައި ވެއެވެ. 1999ގައި "ކަސްތޮޅު" މި ނަމުގައި މީނާގެ އަމިއްލަ ލަވަ އަލްބަމެއް ނެރުއްވިއެވެ. ޒޫނާ، ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ބައިވެރިވާ ކުދިންނަށް ހިލޭސާބަހަށް ލަވަ ދަސްކޮށްދެއްވަމުން ގެންދަވައެވެ.

               "އާފަތިސް އެވޯޑްސް"ގެ އެންމެމޮޅު އަންހެން ލަވަކިޔުންތެރިއަކަށް ދޭ އިނާމު 1997 ގައި ޒޫނާއަށް ލިބިވަޑައިަގެންފައި ވެއެވެ.