އަލްފާޟިލް އިބްރާހީމް މަޢާލު
ގ.އެރިއަދޫ

               ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތް ކުރައްވަން އިބްރާހީމް މަޢާލު ފެށްޓެވީ، މަދަރުސީ ދައުރުގައެވެ. އޭރުވެސް އެކިއެކި މުބާރާތްތަކާއި، މަޢުރަޟުތަކުގައި ބައިވެރިވެވަޑައިގެން މަތީ ވަނަތައް ހާސިލު ކުރައްވައިފައި ވެއެވެ.

               މަދަރުސީ ދައުރަށްފަހު، އަމިއްލަ ސްޓޫޑިއޯއެއްގައި މަސައްކަތް ފެށްޓެވިއެވެ. ސްކްރީން ޕްރިންޓް ކުރުމާއި، ލޭއައުޓް ޑިޒައިން ކުރުމާއި، އިޝްތިހާރު ބޯޑު ކުރެހުމާއި، ނަންބޯޑު ހެދުމުގެ މަސައްކަތްތައް އޭރު ކުރެއްވީ މުޅިން އަމިއްލަފުޅަށެވެ. މިހާރު މި މަސައްކަތްތައް ކުރައްވަނީ، "އާޓްލައިން ޑިޒަައިން ސަރވިސް ޕްރައިވެޓް ލިމިޓެޑް"ގެ  ނަމުގައި ބައިވެރިވެވަޑައިގަންނަވާ ކުންފުންޏެއް އުފައްދަވައިގެން އެ ކުންފުނިންނެވެ. މި ކުންފުނިން މިޒަމާނުގެ ޓެކްނޯލޮޖީގެ އެހީގައި ފަރުމާކުރުމާއި، އުފެއްދުންތެރިކަމުގެ އާ މަސައްކަތްތައް ރާއްޖެއަށް ތަޢާރުފުކޮށް، ޚިދުމަތްދޭން ވަނީ ފަށާފައެވެ. އަދި މިތަނުން ކުރާ މަސައްކަތްތަކާ ގުޅޭ ރޮނގުރޮނގުން މީހުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.

               އިބްރާހީމް މަޢާލަށް، ފަރުމާކުރުމުގެ ރޮނގުން ޒުވާނުންގެ ޤައުމީ އިނާމު 1999 ގައި ލިބިވަޑައިގެންފައި ވެއެވެ.