އަލްފާޟިލް އަޙްމަދު މުޙަންމަދު
ގުލްޝަން / ޅ.ނައިފަރު

               އަޙްމަދު މުޙަންމަދަކީ، އުމުރުން 13 އަހަރުން ފެށިގެން މަސްވެރިކަން ކުރައްވަމުން ގެންދަވާ ހީވާގި ކެޔޮޅެކެވެ. ފުރަތަމަ މަސްވެރިކަން ފެށްޓެވީ އަޙްމަދު މުޙަންމަދުގެ ބަައްޕައާ އެކުގައެވެ. އަޙްމަދު މުޙަންމަދަކީ، މާލެއިން އުތުރުގައި އެންމެ ފުރަތަމަ މިޒަމާނުގެ ގޮތަށް ތައްޔާރުކުރި 73 ފޫޓުގެ ބޮޑު ދޯނީގައި މިހާރުވެސް މަސްވެރިކަން ކުރައްވަމުން ގެންދަވާ ކެޔޮޅެކެވެ. އަމިއްލައަށް މަހަށް ފުރޭ ފެންވަރަށް ގިނަބަޔަކަށް އަޙްމަދު މުޙަންމަދު މަސްވެރިކަމުގެ މަސައްކަތް ދަސްކޮށްދެއްވައިފައި ވެއެވެ.