އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ

      ތޮއްޑޫގެ ރައްޔިތުންނަކީ، ދަނޑުވެރިކަމުގެ މަސައްކަތުގެ މައްޗަށް ދިރިއުޅުން ބިނާކޮށްފައިވާ ބަޔެކެވެ. މިމަސައްކަތުގައި އިސްވެ ހަރަކާތްތެރިވަނީ، ރަށްކުރިއަރުވާ ކޮމިޓީއެވެ. ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ދަނޑުތަކަށް ބޭނުންވާ މުޑުވައް ހޯދައިދީ، ދަނޑުތަކަށްޖެހޭ ބަލިތަކަށް، ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ޙައްލު ހޯދައިދެމުން ގެންދެއެވެ. އަދި މީހުން ތަމްރީނުކުރުމާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް މަސައްކަތު ބައްދަލުވުންތައްވެސް ބާއްވަމުން ގެންދެއެވެ.

     ދަނޑުވެރިކަމުގައި ތޮއްޑޫގެ ރައްޔިތުން ގިނަ އަދަދަކަށް ހައްދަނީ ކަރަޔާއި، ގިތެޔޮމިރުހެވެ.  ދަނޑުވެރިކަމުން އަހަރަކު ގާތްގަނޑަކަށް 9 މިލިޔަން ރުފިޔާ ތޮއްޑޫގެ ރައްޔިތުންނަށް ލިބެއެވެ.