އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމް
އާރާމުގެ / ސ.ފޭދޫ

       ޢަބްދުﷲ ނަޢީމް އިބްރާހީމް، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ތެރެއަށް ވެދެވަޑައިގަތީ، ތަޢުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރުއެވެ. އާންމު ނޫހަކަށް ފުރަތަމަ ލިޔުއްވީ "ހަފްތާ" ނޫހަށެވެ.

      ޢަބްދުﷲ ނަޢީމުގެ ލިޔުއްވުންތައް، ބައެއް ނޫސް މަޖައްލާތަކުގައި ޝާއިޢު ކުރެއްވުމުގެ އިތުރުން، ބައެއް ވާހަކަ ދިވެހިބަހަށް ތަރުޖަމާކުރައްވައި ނެރުއްވާފައިވެއެވެ. މިގޮތުން ތަރުޖަމާކުރައްވައި ނެރުއްވާފައިވާ ވާހަކަފޮތްތަކުގެ ތެރޭގައި  "ގެއްލުނު ހަންފޮށި"، "ބޭވަފާތެރިވީހިނދު"، "ކޮޅުކެހި"، "ގުރުއަތު"، "ޝައިޠާނީ ބަލާ"، "ހިޔަނި"، ހިމެނެއެެވެ. އަދި ޤުރްއާނަށް މަގެއް"، "މަރުވުމަށްފަހު"، މިދެފޮތަކީ، ދީނީ ރޮނގުން ޢަބްދުﷲ ނަޢީމް ތަރުޖަމާ ކުރައްވާފައިވާ ދެފޮތެވެ.