އަލްމަރްޙޫމް ޙަސަން އަޙްމަދު މަނިކުގެ ހަނދާނަށް

އަލްމަރްޙޫމް ޙަސަން އަޙްމަދު މަނިކަކީ، ދިވެހިބަހަށް ބަސްތައް އައިސްފައި ހުރި އަސްލުތައް ދިރާސާކުރައްވައި، އޭގެމައްޗަށް [އެޓިމޯލޮޖިކަލް ވޮކެބިއުލަރީ އޮފް ދިވެހި ލޭންގުއޭޖް] މިނަމުގައި ފޮތެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. މިފޮތް އެކުުވާލައްވާފައިވަނީ، އޮޅުދޫކަރައިގެ ކެލެނިއާ ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވެ. އަދި ރޯޔަލް އޭސިއެޓިކް ސޮސައިޓީން މިފޮތް ގަބޫލުކޮށް، އެތާނގެ ނަމުގައި މިފޮތްވަނީ ޝާއިޢުކޮށްފައެވެ.

މީގެއިތުރުން، ފަތްތޫރައަށްވެސް ތަފާތު މައުޟޫޢުތަކަށް، ބަހާބެހޭ މަޒުމޫނުތައް ލިޔުއްވާފައިވެއެވެ.

ޙަސަން އަޙްމަދު މަނިކަށް ވަނީ، މިރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރު ދިނުމުގެ އިނާމު 1979، 1981 ގައި ލިބިވަޑައިގެންފައެވެ.