އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

               އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން، އިމާރާތްކުރުމުގެ މަސައްކަތް ފެށީ، 1980 ވަނަ އަހަރުއެވެ. މިކުންފުނިން މިހާތަނަށް، މާލެއާއި އަތަޮޅުތަކުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ވަރަށްގިނަ އިމާރާތްތަކެއް ކޮށްފައިވެއެވެ. މީގެތެރޭގައި، ސްޓެލްކޯގެ އިމާރާތާއި، މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގެ އިމާރާތްތަކާއި، "ޝީ" ބިލްޑިންގގެ މަސައްކަތްތަކާއި، ފީފާ ގޯލް ޕްރޮޖެކްޓްގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ސްރީލަންކާގައި މިހާރު އިމާރާތް ކުރަމުންގެންދާ ދިވެހި ހައިކޮމިޝަނުގެ އާ އިމާރާތުގެ މަސައްކަތް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. މިއީ، ރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ ކުންފުންޏަކުން، ދިވެއްސަކު އެސްޓިމޭޓް ހުށައަޅައިގެން ކާމިޔާބުކޮށްފައިވާ ފުރަތަމަ ޕްރޮޖެކްޓެވެ.

               މިކުންފުނީގެ މަސްއޫލުވެރިންނަކީ، ގ. ގަލޮޅުފެހި އަލްފާޟިލް ޢަބްދުﷲ މުޙަންމަދާއި، ގ. ގަލޮޅުފެހި އަލްފާޟިލް އިބްރާހީމް މުޙަންމަދާއި، ގ. ގަލޮޅުފެހި އަލްފާޟިލް އަބޫބަކުރު މުޙަންމަދެވެ.