އަލްފާޟިލް ޢަލީ ޢަބްދުﷲ
ކުރޭންގެ / ސ.ހިތަދޫ

               ޢަލީ ޢަބްދުﷲ އަކީ، އައްޑުއަތޮޅު ހިތަދޫގައި "ފިޓް އޭރޯ ސްޕޯޓްސް ސެންޓަރ"ގެ  ނަމުގައި، ފިޓްނަސް ސެންޓަރެއް ހިންގަވަމުން ގެންދަވާ، އެތާނގައި އިންސްޓްރަކްޓަރެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަަވާ ބޭފުޅެކެވެ. ރާއްޖޭގަޔާއި، ރާއްޖެއިން ބޭރުގައި ބޭއްވޭ ބަޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް މުބާރާތްތަކުގައި ބައިވެރިވެ، މަތީ މަގާމުތައް ޢަލީ ޢަބްދުﷲ ވަނީ، ހާސިލުކުރައްވާފައެވެ. މީގެތެރޭގައި 1999 ވަނަ އަހަރު މާލޭގައި ބޭއްވުނު ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕްގައި، ވެލްޓަރ ވެއިޓް ކެޓަގަރީން 1 ވަަނަ މަގާމާއި، 2000 ވަނަ އަހަރު މާލޭގައި ބޭއްވުނު  ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕްގެ 1 ވަނަ މަގާމު ހޯއްދަވާފައިވެއެވެ. އަދި ނޭޕާލުގައި ބޭއްވުނު ދެވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ ޗެންޕިއަަންޝިޕް މުބާރާތުގެ ފްލައި ވެއިޓް ކެޓަގަރީން 1 ވަނަ ލިބި، ރަން މެޑެލް ހާސިލުކުރައްވައި، ހަމަ އެ މުބާރާތުގެ "މޯސްޓް އިމްޕްރޫވިންގ ބޮޑީ ބިލްޑިންގ އޮފް ދި އިޔަރ"ގެ މަގާމުވެސް ހާސިލުކުރައްވާފައިވެއެވެ.

               ނޭޕާލުގަައި ބޭއްވުނު ދެވަނަ ސަައުތު އޭޝިއަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް މުބާރާތުގެ ފްލައި ވެއިޓް ކެޓަގަރީން 1 ވަނަ ހޯއްދަވައި، ރަންމެޑެލް ހާސިލު ކުރައްވާފައިވާތީ، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޢަލީ ޢަބްދުﷲ އަށް ލިބިވަޑައިގެންފައިވެއެވެ.