ތ.ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

        ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުން، ޚާއްޞަކޮށް ރަށުގެ އަންހެނުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ ތަފާތު ހަރަކާތްތަކެއްގައި އިސްނަގައިގެން ހިލޭސާބަހަށް ހިންގަމުން ގެންދާ އަދި މެދުނުކެނޑި ހަރަކާތްތެރިވަމުން ގެންދާތާ 27 އަހަރުވެފަައިވާ ކޮމިޓީއެކެވެ.

        ރާއްޖޭގައި ފާހަގަކުރާ ތަފާތު މުނާސަބަތުތަކާއި ދުވަސްތައް، ރަށުފެންވަރުގައި ފާހަގަކުރުމަށް އިސްނަގައިގެން މަސައްކަތްކުރުމާއި، ރައްޔިތުން އެކި ކަންކަމަށް ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަށް މަސައްކަތު ބައްދަލުވުންތައް ބާއްވައި، އެކި ކޯސްތައް މި ކޮމިޓީން ހިންގާފައިވެއެވެ. އަދި ބޭސްފިހާރައަކާއި، ހޮޓަލަކާއި، ޕްރީސްކޫލަކާއި، ޓިއުޝަން ކްލާހެއް މި ކޮމިޓީން ހިންގުންވެސް ހިމެނެއެވެ.

         ސުނާމީ ކާރިސާގައި ވިލުފުށީ ރައްޔިތުންނަށް ލިބުނު ގެއްލުމާ ގުޅިގެން ޢާއިލާތަކަށް އެހީތެރިވުމުގެ ޙަރަކާތްތަކެއް ހިންގައި، ރަށުގެ ގިނަ ޢާއިލާތަކެއްގެ އަންހެނުންނަށް ތަކެއްޗާއި، ފައިސާ ހޯދައިދިނުމުގައި މިކޮމިޓީން އިސް ދައުރެއް އަދާކޮށްފައިވެއެވެ.

         ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، އެންމެ ޙަރަކާތްތެރި އަންހެނުންގެ ކޮމިޓީއަކަށް ޖެންޑަރ މިނިސްޓްރީން ދެއްވަމުން ގެންދަވާ އެވޯޑް މަތީދަރަޖަތަކުގައި ހިމެނިގެން 1997، 2000، 2001، 2002، 2007 ގައި މި ކޮމިޓީން ހާސިލުކޮށްފައިވެއެވެ.