އަލްޙާފިޡާ ފަހީމާ ޢަބްދުﷲ
ހދ. ހިރިމަރަދޫ ލިލީމާގެ

ކީރިތި ޤުރުއާން ހިތުދަސްކުރެއްވުމުގެ ބުރަ މަަސައްކަތް ފަހީމާ ކުރެއްވީ އާމްދަނީ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. 10 އަހަރު ދުވަހުން މަސައްކަތް ކުރައްވައިގެންވެސް ޙާފިޘުކަމުގެ ސަނަދު ހާސިލު ކުރެވުނުކަން އެއީ، ފަހީމާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. ފަހީމާ ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި މުހިންމީ މުއްދަތެއް ނޫނެވެ. މުހިންމީ ހިތްވަރާއި ޢަޒުމާއެކު މިކަން ކާމިޔާބު ކުރުމެވެ.