އަލްފާޟިލާ ފާޠިމަތު ޔޫސުފް
ގ.ދޯޅު

               ފާޠިމަތު ޔޫސުފަކީ، އަންހެނުންނަށް ޚާއްޞަކޮށްގެން ކަސްރަތު އަދި ފިޓްނަސް ސެންޓަރެއް "ޓޯން އަޕް"ގެ ނަމުގައި ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގައި މި މަސައްކަތް އެންމެ ފުރަތަމަ ފެށްޓެވި އަންހެން ބޭފުޅުންގެތެރޭގައި، ފާޠިމަތު ޔޫސުފް ހިމެނިވަޑައިގަންނަވައެވެ. އެންމެ ފުރަތަމަ މި މަސަައްކަތް ފާޠިމަތު ޔޫސުފް ފެށްޓެވީ، "މާލޭ ފިޓްނަސް ކްލަބް"ގެ އޭރޯބިކްސް އިންސްޓްރަކްޓަރެއްގެ ގޮތުންނެވެ. އޭގެފަހުން 1993 ގައި އަމިއްލަފުޅަށް ގޭގައި މި މަސައްކަތް ފެށްޓެވިއެވެ. 

               "ޓޯން އަޕް" ސެންޓަރުން ޚިދުމަތަށް އެދޭ މީހުން ގިނަވަމުންދިޔުމުން، 5 އިންސްޓްރަކްޓަރުން ތަމްރީނު ކުރައްވައިގެން،  އެމީހުންގެ އެހީތެރިކަމާއެކު 10 އަހަރު ވަންދެން، ގޭގައި މި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. "ޓޯން އަޕް"ގެ ޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން މިހާރުވަނީ ކުންފުންޏެއްވެސް އުފައްދަވާފައެވެ. "ޓޯން އަޕް" ގައި، މިހާރު ޖިމެއް ހައްދަވައި، ޕްރީސްކޫލް އުމުރުން ފެށިގެން، ދުވަސްވީ މީހުންނަށް އެތަނުން ޚިދުމަތް ދެމުން ގެންދެއެވެ. މީގެއިތުރުން، ކަސްރަތު ކުރުމުގައިހުރި ފައިދާއާ ބެހޭގޮތުން، ނޫސް މަޖައްލާތަކުގައި، ތަފާތު ގިނަ މަޢުލޫމާތު ހިމެނޭ ލިޔުންތައް ޝާއިޢު ކުރައްވައި، ޓީވީގެ ޕްރޮގްރާމްތައް މެދުވެރިކޮށްވެސް މިކަމާބެހޭ އަގުހުރި މަޢުލޫމާތުތައް، ފާޠިމަތު ޔޫސުފް ގެނެސްދެއްވާފައިވެއެވެ. އަދި ކުޑަކުދިންނަށް، ނެށުމާއި ކަސްރަތުގެ ހަަރަކާތްތައް ދަސްކޮށްދެއްވާފައިވެއެވެ. މާލެއާއި އަތޮޅުތަކުގައި، ސަރުކާރުން ހިންގަވާ ކަސްރަތުގެ އެކިއެކި ހަރަކާތްތަކުގައިވެސް، ފާޠިމަތު ޔޫސުފްގެ އެހީތެރިކަން ވަރަށް ފުރިހަމަައަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.