އަލްފާޟިލް މުޙައްމަދު އާދަމް
ބަނަފްސާގެ/ތ. ކަނޑޫދޫ

               މުޙަންމަދު އާދަމަކީ، ދަނޑުވެރިކަން ކުރުމާއި، ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތަކެތި، ފަހުން ފައިސާދޭގޮތަށް ދޫކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މުޙަންމަދު އާދަމް ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަރަށް ފުޅާ ދާއިރާއެއްގައި، ދަނޑުވެރިކަމާބެހޭ މިޒަމާނުގެ ތަމްރީނު ލިބިފައިވާ މީހުންގެ ބެލުމުގެ ދަށުން، މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަރަށް ރަނގަޅު ފެންވަރެއްގައެވެ. ދަނޑުވެރިކަމުގައި އުފައްދާ ތަކެތި ވިއްކައިގެން އެކަށީގެންވާ އާމްދަނީއެއް ލިބި، ވަޒީފާގެ ފުރުޞަތު އިތުރުވެފައި ވެއެވެ. މީގެއިތުރުން، ދަނޑުވެރިކަން ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެކަން ކުރާނެގޮތުގެ މަޢުލޫމާތު ދެއްވައި، ތަމްރީނާއި ހުނަރު ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް  މުޙަންމަދު އާދަމް ކޮށްދެއްވާފައި ވެއެވެ. އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާފައި ވެއެވެ.