އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން
އަލިމަސްގެ/ހއ. އުތީމު

               އާދަމް ޢަބްދުއްރަޙްމާން ޅެން ހެއްދެވުމުގެ މަަަަަަސަަަައްކަތް ފުރަތަމަ ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. ސްކޫލުން ނެރޭ މަޖައްލާތަކަށް ޅެން ހަދާ ކުދިންގެ ތެރޭގައި އާދަމް ޢަބްދުއްރަޙްމާން ހިމެނިވަޑައިގަތެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރުދުވަހުގެ ތެރޭގައި އާދަމް ޢަބްދުއްރަޙްމާން، އެކި ދާއިރާތަކަށް ޅެން ހައްދަވާފައި ވެއެވެ. އެއީ، އަދަބީ، ޢިޝްޤީ ރޮނގުންނާއި، އެކިއެކި މުނާސަބަތުތަކާ ގުޅޭ ޅެމާއި، ވެށްޓާބެހޭ ތަފާތު ޅެންތަކެވެ. އާދަމް ޢަބްދުއްރަޙްމާންގެ ޅެންތައް އެންމެ ގިނައިން ފެންނަނީ "ފަތްތޫރަ" މަޖައްލާއިންނެވެ. 1998 ވަނަ އަހަރު ބޭއްވުނު ދީނީ މައުޟޫޢަށް ޅެންހެދުމުގެ މުބާރާތުން އާދަމް ޢަބްދުއްރަޙްމާން ވަނީ ދެވަނަ ހޯއްދަވާފައެވެ.

               އާދަމް ޢަބްދުއްރަޙްމާން ހައްދަވާފައިވާ ޅެންތައް އެއްކުރައްވައި، "ޅެމުގެ މަންސަފާ" މި ނަމުގައި ޅެންފޮތެއް އެކުލަވައިލެއްވުމަށްފަހު މިހާރުވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުން ޗާޕުކުރައްވައި ޝާއިޢު ކުރައްވާފައެވެ. މި ޅެންފޮތުގައި ނުވަދިހައަށްވުރެ ގިނަ ޅެން ހިމަނުއްވައިފައިވެއެވެ.