އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
ހ. މީރުބަހުރުގެއާގެ

            ލިޔުންތެރިކަމުގެ ތެރެއަށް އިބްރާހީމް ރަޝީދު މޫސާ ވެދެވަޑައިގެންފައިވަނީ، މަދްރަސީ ދައުރުގައެވެ. ކިޔަވާވިދާޅުވާން މިސުރުގައި އުޅުއްވިއިރު، އެތާނގެ ޠާލިބުންނާއެކު ނޫސް މަޖައްލާ ނެރުމުގައި ޙަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

           ދިވެހި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައި، އިބްރާހީމް ރަޝީދު މޫސާ ޚިދުމަތް ކުރައްވަން ފެށްޓެވީ 1976 ގައެވެ. މިގޮތުން މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ނުކުތް ތަފާތު މަޖައްލާތަކަށާއި ނޫސްތަކަށް، ތަފާތު މައިގަނޑު ނަންތަކުގައި ވަރަށްގިނަ މަޒުމޫނުތަކާއި ބަޔާންތައް ލިޔުއްވައިފަައި ވެއެެވެ. ދިވެހި މުޖުތަމަޢަށް ފައިދާހުރި ބައެއް ރޮނގުތަކުން 34 ފޮތް ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. އަދި މިއަހަރުގެ ލިޔުންތެރިންގެ ދުވަހު "އިސްލާމީ ޢުލޫމުތަކުގެ ތާރީޚު 1" މި ނަމުގައި އިބްރާހީމް ރަޝީދު މޫަސާ ލިޔުއްވާފައިވާ ފޮތެއްވެސް ޝާއިޢުކުރައްވާފައި ވެއެވެ. ތަފާތު މަޖައްލާތަކާއި، ނޫސްތަކުގެ ސެކްރެޓެރީކަމާއި، މުޙައްރިރުކަމާއި މަސްއޫލުވެރިކަން އިބްރާހީމް ރަޝީދު މޫސާ ކުރައްވާފައި ވެއެވެ. މިހާރުވެސް "އަލްމިންބަރު" "ފަތްތޫރަ" ފަދަ މަަޖައްލާތަކަށާއި، "މިއަދު" ނޫހަށް ލިޔުއްވަމުން ގެންދަވައެވެ.

            1979 ން ފެށިގެން ގިނަ ޒަމާންތަކެއް ވަންދެން "ހަވީރު" ނޫހުގެ ހުރިހާ ޚަބަރެއްހެން ލިޔުއްވަމުން ގެންދެވީ، އިބްރާހީމް ރަޝީދު މޫސާ އެވެ. 1980 ން 1987 ށް، އެ ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައިވެސް އިބްރާހީމް ރަޝީދު މޫސާ ހުންނެވިއެވެ.