އަލްފާޟިލް މުޙައްމަދު ރަޝީދު
ހ.މާފިލާގެ

މުޙައްމަދު ރަޝީދަކީ، ފިލްމީ ދާއިރާގައި ވަރަށްގިނަ ޚިދްމަތްތަކެއް ކުރައްވާފައިވާ މިހާރުވެސް އެކަމުގައި އުޅުއްވާ ބޭފުޅެކެވެ. މުޙައްމަދު ރަޝީދަކީ، ފިލްމު ކުޅުއްވައި، ޑައިރެކްޓް ކުރައްވައި ޕްރޮޑިއުސް ކުރައްވާ އަދި ކެމެރާމަނެއްގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މުޙައްމަދު ރަޝީދު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ، ތަޢުލީމީ ޕްރޮގްރާމްތައް ޓީ.ވީ އާއި ރޭޑިޔޯއަށް ތައްޔާރުކޮށްދެއްވައި ޑައިރެކްޓް ކުރެއްވުމުގެ މަސައްކަތެވެ. މުޙައްމަދު ރަޝީދު މިހާތަނަށް 17 ފިލްމެއް ކުޅުއްވާފައިވެއެވެ. މީގެ ތެރޭގައި، ލީޑްރޯލާއި ސައިޑް ރޯލް ކުޅުއްވާފައިވާ ފިލްމުތައް ހިމެނެއެވެ. އަދި ހިލޭ ސާބަހަށް ކުޅުއްވާފައިވާ 9 ފިލްމު ހިމެނެއެވެ. ވީޑިއޯ ލަވަތައްވެސް މީނާ ކުޅުއްވާފައިވެއެވެ.

މުޙައްމަދު ރަޝީދު މިދާއިރާގައި މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް 24 އަހަރު ވެދާނެއެވެ. 1996 ވަނަ އަހަރު ބޭއްވި "އާފަތިސް އެވޯޑް"ގެ އެންމެމޮޅު ކެމެރާމަނަކަށް މީނާ ހޮވިވަޑައިގެންފައިވެއެވެ.