އަލްފާޟިލް ޢަބްދުލްބާރީ އަބޫބަކުރު
އުދަރެސް/ބ.ފުޅަދޫ

            ޢަބްދުލްބާރީ ލަވަ ވިދާޅުވާން ފެށްޓެވީ، 1990 ވަނަ އަހަރުއެވެ. ފުރަތަމަ މިމަސައްކަތް ކުރެއްވީ ހިލޭ ސާބަހަށް "އަކްޝީބާ"ގެ ނަމުގައި ހުށަހަޅުއްވައި ދެއްވި ޝޯތަކުގެ ނަމުގައެވެ. އޭގެފަހުން، "ދިވެހި ފަންނާނުންގެ މިޔުޒިކީ އީދު" ގަޔާއި، "ގެލެކްސީ" ޝޯތަކުގަޔާއި، މާލެއާއި އަތޮޅުތަކުގައި ބާއްވާ ތަފާތު އެކިއެކި ޝޯތަކުގައި ޢަބްދުލްބާރީ  ލަވަ ވިދާޅުވެދެއްވާފައިވެއެވެ. ލަވަ އަލްބަމްތަކަށާއި، ފިލްމުތަކަށް މިހާތަނަށް 350 އަށްވުރެ ގިނަ ލަވަ ޢަބްދުލްބާރީ ވިދާޅުވެދެއްވާފައިވެއެވެ. މީގެތެރޭގަައި، އަމިއްލަ ރާގަށް ވިދާޅުވެދެއްވާފައިވާ ލަވަތަކާއި، މަދަޙައާއި، އިޝްތިހާރު ލަވަތައް ހިމެނެއެވެ.

        މީގެ އިތުރުން، ލަވައާއި، ލަވަކިޔުމުގެ ހުނަރު ދަސްކޮށްދެއްވުމުގެ މަސައްކަތްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ޢަބްދުލްބާރީ ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން، ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކަށް ކުދިންނަށް ލަވަ ދަސްކޮށްދެއްވުމާއި، ލަވަކިޔުމަށް ޝައުޤުވެރިވާ އެކި އުމުރުގެ މީހުންނާއި ކުދިންނަށް ލަވައާއި ލަވަ ކިޔުމުގެ ހުނަރު ދަސްކޮށްދެއްވަމުން ގެންދަވައެވެ. އަދި، ތަޖުވީދުމަގަށް ޤުރްއާން ކިޔަވާ ކުދިންނަށްވެސް ވޯކަލް ކްލާސްތައް ޢަބްދުލްބާރީ ނަންގަވައިދެއްވައެވެ.