ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

            ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގައި ފަތުރުވެރިކަން  ކުރިއެރުވުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ބައިވެރިވަމުން ގެންދާ ކުންފުންޏެކެވެ. މިގޮތުން، ރިޒޯޓް ހިންގުމާއި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ޔޫރަޕްގެ 5 ޓުއަރ އޮޕަރޭޓަރުންނާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރުމާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ޔޫރަޕުން ޗާޓަރ ފްލައިޓްތައް އޮޕަރޭޓް ކުރުމާއި، އެއަރލައިން ރެޕްރެޒެންޓް ކުރުމާއި، ރިޒޯޓްތަކަށް ބުކިންގ ހެދުމާއި، ގިނަ ރިޒޯޓްތަކަށް ޚާއްޞަ ޕެކޭޖްތައް ވިއްކުން ހިމެނެއެވެ. ރާއްޖޭގައި، ސަފާރީ އުޅަނދުފަހަރުގެ ފަތުރުވެރިކަން ފަށައިގެން މިޒަމާނުގެ ފެންވަރަށް ތަރައްޤީކޮށް، 6 ސަފާރީ އުޅަނދު މިކުންފުނިން މިހާރުވެސް އޮޕަރޭޓް ކުރެއެވެ. އަދި ދެ ރިޒޯޓްވެސް މިކުންފުނިން ހިންގައެވެ. އެއީ، އަތުރުގައު އައިލެންޑް ރިޒޯޓާއި، ތުނޑުފުށި އައިލެންޑް ރިޒޯޓެވެ. މީގެތެރެއިން، އަތުރުގައު އައިލެންޑް ރިޒޯޓަށް، ހަޔަސްޓް އޮކިޔުޕެންސީ އެވޯޑް 3 އަހަރު ލިިބިފައިވެއެވެ.

      ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ 25 އަހަރު ވެފައިވާ މިކުންފުނިން، އެވްރެޖްކޮން އަހަރަކު 100،000 ފަތުރުވެރިން ހެންޑްލް ކުރެއެވެ. 

      މިކުންފުނީގެ ހިއްސާދާރުންނަކީ، މ.ބަގީޗާގޭ އަލްފާޟިލް ޞަލާޙު ޝިހާބާއި، ހ.ޝަފީގުގޭ އަލްފާޟިލް މުޙައްމަދު ޝަފީޤާއި، ގ.ނޫރީފެހި އަލްފާޟިލް އަޙްމަދު ޝަހީމާއި، ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ.