އަލްފާޟިލް މުޙައްމަދު މުންތަޞިރު
ހ.އާސްމާނުވިލާ

        މިދާއިރާގައި، މުޙައްމަދު މުންތަޞިރުގެ ޚިދްމަތް ފެށިފައިވަނީ، 1998 ވަނަ އަހަރުއެވެ. 1999 ގައި މަޝްހޫރުވި "ކާފަގެ ވާހަކަ" އަކީ، މުންތަޞިރު ތައްޔާރުކުރެއްވި ޑްރާމާއެކެވެ. 1999، 2000، 2001، 2006 ގައި ބޭއްވުނު "ޔޫތު ޝޯ" ތައްޔާރުކޮށްދެއްވުމާއި، 1999 ން ފެށިގެން، އައި.ޓީ.ބީ. ފެއަރގެ ޑާންސް ތައްޔާރުކޮށްދެއްވުމާއި، 2002 ގައި ބޭއްވި "ބޫޓް ފެއަރ"ގެ ޑާންސާއި، އެން.އެސް.އެސް. އިން ހުށަހަޅައިދިން "ދޮންބަންޑާރައިންގެ ޖިހާދު" އާއި، މިއަހަރު ދުބާއީގައި ބޭއްވި ޝޮޕިންގ ފެސްޓިވަލްގެ ކޮންސަލްޓަންޓް ކޯޑިނޭޓަރުކަން މުންތަޞިރު ކުރައްވާފައިވެއެވެ. ޑްރާމާގެ ރޮނގުން މީހުންނަށް ތަމްރީނުދެއްވުމާއި، މިފަދަ ހުނަރު ތަރައްޤީ ކުރެއްވުމަށް އަތޮޅުތަކަށް ވަޑައިގެން އެހީތެރިވެދެއްވައި، ހިލޭސާބަހަށް ޓީ.ވީ. ޕްރޮގްރާމް ހުށަހަޅުއްވައިދެއްވާފައިވެއެވެ. މީގެއިތުރުން، "ކޮށި"، "ފޫޅުދިގު ހަންޑި ވާހަކަ"، "ވަނަވަރު"، "މިޔައޮ" ފަދަ މިޔުޒިކަލް ޑްރާމާތައް މުންތަޞިރު ހައްދަވާފައިވެއެވެ. 1998 ން ފެށިގެން މިނިވަންދުވަހުގެ ބައެއް ކުޅިވަރުތައް ތައްޔާރުކުރައްވައި، ފްލޯޓުތައް ފަރުމާކުރެއްވުމުގެ މަސައްކަތްވެސް މުންތަޞިރު ކުރައްވާފައިވެއެވެ.