އަލްފާޟިލާ އާމިނަތު ޙިލްމީ
ޖަނަވަރީގެ/ގދ.ތިނަދޫ

        އާމިނަތު ޙިލްމީއަކީ، މަދްރަސީ ދައުރުން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އާމިނަތު ޙިލްމީ މިހާރު ކުރައްސަވާ ވައްތަރުގެ ކުރެހުން "ލައިން އާޓް"ގެ މަސައްކަތް ފެށްޓެވީ، 2000 ވަނަ އަހަރުއެވެ. މި މަސައްކަތް އާމިނަތު ޙިލްމީ ފެށްޓެވީ އަލްމަރްޙޫމް މައިޒާން ޙަސަންމަނިކުގެ އެހީތެރިކަމާއި، އޭނާ ދެއްވި ހިތްވަރާއި އިރުޝާދުގެ ދަށުންނެވެ. މިގޮތުން ލައިން އާޓްގެ ތަފާތު އާ ވައްތަރުގެ ގިނަ ކުރެހުންތަކެއް އާމިނަތު ޙިލްމީ ކުރައްސަވާފައިވެއެވެ. އާމިނަތު ޙިލްމީގެ ކުރެހުންތައް ދައްކައިދޭ މައުރަޒެއް، 2005 ވަނަ އަހަރު "އެސްޖެހި ގެލެރީ" ގައި ބާއްވާފައިވެއެވެ. އަދި މިއަހަރު "ނޭޝަނަލް އާޓް ގެލެރީ"ގައިވެސް ބާއްވާފައިވެއެވެ.