އަލްފާޟިލް އަޙްމަދު ނަޒީރު
ޗާނދަނީގެ/ބ.އޭދަފުށި

        އަޙްމަދު ނަޒީރު ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޚިދްމަތް ކުރައްވަން ފެށްޓެވީ 1984 ވަނަ އަހަރުއެވެ. ނަޒީރު ފުރަތަމަ ހިންގެވި ރިޒޯޓަކީ، ނަޒީރު ބައިވެރިވެވަޑައިގަންނަވާ ކްރައުން ކަމްޕެނީން ހިންގި ވެލިގަނޑު އައިލެންޑް ރިޒޯޓެވެ. ނަޒީރު ބައިވެރިވެވަޑައިގަންނަވާ އެހެން ކުންފުނިތަކުން ހިންގާ ރިޒޯޓްތަކުގެ ތެރޭގައި، ރަންގަލި އައިލެންޑް ރިޒޯޓާއި، ސޮނެވާގިލި ރިޒޯޓް އެންޑް ސްޕާ ހިމެނެއެވެ.

        ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަރުވައި ތަރައްޤީ ކުރެއްވުމުގެ ގޮތުން، ރާއްޖެއިން ބޭރުގެ މަޝްހޫރު ހޮޓެލް ޗޭނެއް ކަމަށްވާ "ހިލްޓަން" ރާއްޖެއަށް ތަޢާރަފްކުރެއްވުމުގައި ނަޒީރު ވަރަށް މުހިންމު އިސްދައުރެއް އަދާކުރެއްވިއެވެ.