އަލްމަރްޙޫމް އިބްރާހީމް އަޙުމަދުގެ ހަނދާނަށް

         އަލްމަރްޙޫމް އިބްރާހީމް އަޙްމަދަކީ، ރާއްޖޭގައި އުފެދުނު މަޤްބޫލު މިޔުޒިޝަނުންގެ ތެރޭގައި ވަރަށް ކުރީސަފުގައި  ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އުމުރުން 14 އަހަރުގައި މިޔުޒިކީ ދާއިރާއަށް ވަންނަވައި، ތަފާތު މިޔުޒިކް ގުރޫޕްތަކުގައި ޚިދްމަތްކުރައްވައި، ވަރަށްގިނަ މިޔުޒިޝަނުން އުފައްދަވާފައިވާ ބޭފުޅެކެވެ. ޒަމާނީ މިޔުޒިކް ގްރޫޕްގައާއި، އޮލިމްޕިއަންސްގައާއި، ޑީ.އައި.ބީ.ގަޔާއި، ދިވެހިރާއްޖޭގެ އަޑުގެ މިޔުޒިކް ގްރޫޕްގައި ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ. އަދި ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ މިޔުޒިކް ބޭންޑް އުފެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މިޔުޒިކުގެ ރޮނގުން އޭނާވަނީ، ވަރަށްގިނަ ތަޖްރިބާތަކެއް ހާސިލުކުރައްވާފައެވެ. މިޔުޒިކް ތަރައްޤީ ކުރެވޭނީ ޓްރެކް ރޯލްތައް ދޫކޮށްލައި، އިންސްޓްރޫމަންޓްގައި ހިފި ދުވަހަކުން ކަމަށް އިބްރާހީމް އަޙްމަދު އަބަދުވެސް ދެކެވަޑައިގަންނަވައެވެ.

      މިޔުޒިކް ތަރައްޤީ ކުރެއްވުމުގެ ރޮނގުން ކޮށްދެއްވާފައިވާ ޚިދްމަތުގެ އަގު ވަޒަންކުރައްވައި އިބްރާހީމް އަޙްމަދަށް 1980 ވަނަ އަހަރު މިރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.

      އިބްރާހީމް އަޙްމަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 3 ނޮވެންބަރު 2005 ގައި އިންޑިޔާގައެވެ.