އަލްފާޟިލް މުޙައްމަދު ވަޙީދުއްދީން
ހ. ޑީންސްވިލާ

         މުޙައްމަދު ވަޙީދުއްދީނަކީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތު 1972 ވަނަ އަހަރު ފެށުނީއްސުރެ، އެ ދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން. "މަޓީ" އުފައްދަވައި ހިންގެވުމުގަޔާއި، ބައިނަލްއަޤްވާމީ ހޮޓެލް ޗޭނެއް ކަމަށްވާ އިނގިރޭސިވިލާތުގެ "ކޮމޯ ހޮޓެލްސް"އާއި، "ފޯސީޒަންސް" ރާއްޖެއަށް ގެންނެވުމުގައި ވަޙީދުއްދީން ވަރަށް އިސްދައުރެއް އަދާކުރައްވާފައިވެއެވެ.

       މި ދާއިރާއިން ވަޙީދުއްދީނަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއަށް މެދުނުކެނޑި 25 އަހަރު ޚިދްމަތް ކުރައްވާފައިވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އިނާމާއި، ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތު ފެށުނީއްސުރެ 1997 ވަނަ އަހަރާ ހަމައަށް ބަނޑޮސް އައިލެންޑް ރިޒޯޓު، ރިޒޯޓެއްގެ ގޮތުގައި ހިންގަވާފައިވާތީ، އެކަން ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އިނާމު ފާހަގަކޮށްލެވެއެވެ.

       ފަތުރުވެރިކަމުގެ ދާއިރާއިން 1993 ވަނަ އަހަރު ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު ވަޙީދުއްދީނަށް ލިބިވަޑައިގެންފައިވެއެވެ.