އަލްފާޟިލް އިބްރާހީމް އިސްމާޢީލް އަލީ
މ. މަޚުމާވިލާ

             އިބްރާހީމް އިސްމާޢީލް ޢަލީއަކީ، މަދްރަސީ ދައުރުއްސުރެ ފެށިގެން ކުޅިވަރު ކުޅުއްވަމުން ގެންދަވާ ގިނަގުނަ ކާމިޔާބީތައް ހޯއްދަވާފައިވާ މިހާރުވެސް ކުޅިވަރުގެ ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި، ފުޓްބޯޅަ، ޓެނިސް، ކްރިކެޓް، ވޮލީ، ބާސްކެޓް، ޓޭބަލް ޓެނިސް، ހޮކީ، ބެޑްމިންޓަން ހިމެނެއެވެ. މި ކުޅިވަރުތަކުގައި، ޤައުމީ ފެންވަރުގައި ކުޅުއްވައި މަތީ ކާމިޔާބީތައް ޙާޞިލު ކުރައްވާފައިވެއެވެ. ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށްގިނަ ޚިދުމަތްތަކެއް އިބްރާހީމް އިސްމާޢީލް ކޮށްދެއްވާފައިވެއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން އެންމެފުރަތަމަ ކުރައްވާފައިވަނީ އިބްރާހީމް އިސްމާޢީލެވެ. އަމީނިއްޔާ ސްކޫލްގެ ސްޕޯޓްސް ސްޕަވައިޒަރެއްގެ ގޮތުންވެސް އެ ސްކޫލަށް ޚިދުމަތް ކޮށްދެއްވާފައިވެއެވެ. މިހާރުވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ވައިސް ޗެއަރމަންގެ ހައިސިއްޔަތުންނާއި، އެހެނިހެން ގޮތްގޮތުން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވައެވެ.

             މިރޮނގުން ހިތްވަރުދިނުމުގެ އިނާމު 1982 ގައި އިބްރާހީމް އިސްމާޢީލަށް ލިބިވަޑައިގެންފައިވެއެވެ.