އަލްފާޟިލް މައިޒާން ޢުމަރު މަނިކު
ހ. ޝޭޑީސައިޑް

 މައިޒާން ޢުމަރުމަނިކަކީ، މަސްވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތައް ބައްލަވަމުން ގެންދަވާ، މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ވިއްކަވަމުންގެންދަވާ، އަދި އެ އާލާތްތައް ތައްޔާރުކުރުމާބެހޭ މަޢުލޫމާތު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މި ދާއިރާއަށް ވެދެވަޑައިގެންފައިވަނީ، 1960 ގެ އަހަރުތަކުގެ ތެރޭގައެވެ.

 ރާއްޖޭގައި ފުރަތަމަ ފައިބަރގްލާސް މަސްދޯންޏެއް ތަޢާރުފު ކުރައްވާފައިވަނީ ޢުމަރު މަނިކެވެ. އެއީ، 1990 ވަނަ އަހަރުއެވެ. ޢުމަރު މަނިކަކީ މިހާރުވެސް ފައިބަރުން މަސްދޯނިފަހަރު ބެންނެވުމުގެ މަސައްކަތް ކުރައްވައި، މަސްވެރިކަމުގެ މަޢުލޫމާތު ހޯއްދަވައި، މަސްދޯނިފަހަރަށް ޒަމާނާ ގުޅޭ ބަދަލުތައް ގެންނަވައި، އެހެންމީހުންނާ ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޢުމަރު މަނިކަކީ، އައިލެންޑް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރެވެ. ސަރުކާރުން ކުރައްވާ މަސްވެރިކަމުގެ ސަރވޭތަކުގައި އެހީތެރިކަން ދެއްވައެވެ. ސަރަޙައްދީ ފެންވަރުގައި މަސްވެރިކަން ތަރައްޤީ ކުރެއްވުމުގެ މަސައްކަތްތަކެއްވެސް ފަށްޓަވައިގެން ކުރިއަށް އެބަ ގެެންދަވައެވެ.