އަލްފާޟިލް ޔޫސުފު ޙުސައިން
މޯނިންގހައުސް/ބ. ކެންދޫ

ޔޫސުފު ޙުސައިނަކީ، ވަރަށް ޅައުުމުރުން ފެށިގެން އޭނާގެ ބައްޕައާއި، ރާއްޖޭގައި އެދުވަސްވަރު އުޅުއްވި މޮޅު ދިވެހިބޭސްވެރިންގެ އަރިހުން އެކަމުގެ މަޢުލޫމާތާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން ބައްޕަގެ އެހީތެރިއެއްގެ ގޮތުގައި މީހުންނަށް ބޭސްކޮށްދެއްވުމުގައި އުޅުއްވާފައިވެއެވެ. 1961 ވަނަ އަހަރުން ފެށިގެން މީހުންނަށް ބޭސްކޮށްދެއްވުމުގެ މަސައްކަތް އަމިއްލަފުޅަށް ފަށްޓަވާފައިވެއެވެ. ޢާއިލާގެ ބައެއް މެންބަރުންގެ އެހީއާއެކު މި މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.
ދިވެހިބޭސް ހެއްދެވުމާއި، މީހުންނަށް ދަސްކޮށްދެއްވުމަކީ ޔޫސުފް ޙުސައިން ހިލޭ ކޮށްދެއްވާ ކަމެކެވެ. މީނާގެ ފަރާތުން އެތައްހާސް ބަޔަކަށް ބޭސްފަރުވާ ލިބިފައިވެއެވެ.
ދިވެހިބޭސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1991 ގައި މީނާއަށް ލިބިވަޑައިގެންފައިވެއެވެ.