އަލްފާޟިލާ އާމިނަތު ޔޫސުފުފުޅު
ޗަންދަރުގެ/ޅ. ނައިފަރު

މީނާއަކީ، އުމުރުން 20 އަހަރުން ފެށިގެން ދިވެހި ބޭސްވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ މިކަން ކުރެއްވީ، ކާފަޔާއި ބައްޕަގެ އަރިހުގައި އެހީތެރިއެއްގެ ގޮތުންނެވެ. އޭގެފަހުން، ފިރިކަލުން ޢަބްދުﷲ ޔޫސުފާއެކުވެސް ބޭސްވެރިކަން ކުރެއްވިއެވެ.
ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ތަމްރީނު ކުރެއްވި ފޫޅުމައިންގެ ތެރޭގައި ހިމެނިވަޑައިގަތުމާއެކު، 1966 ގައި ފޫޅުމައިކަމުގެ ފޮށި ލިބިވަޑައިގެންފައިވެއެވެ. ނައިފަރުގައި ފޫޅުމައިކަން ކުރެއްވުމުގެ އިތުރަށް، އަތޮޅުގެ އެހެން ރަށްރަށަށް ވަޑައިގެން މި ޚިދުމަތް ދެއްވާފައިވެއެވެ. ވަރަށް ގިނަ އަދަދެއްގެ މީހުން ވިއްސާފައިވެއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މި މަސައްކަތް މިހާރު ހުއްޓަވާލައްވާފައިވީނަމަވެސް، މިހާރުވެސް ގޭގައި މާބަނޑުމީހުން ބެއްލެވުމާއި، ޞިއްޙީ އިރުޝާދު ދެއްވުމުގެ މަސައްކަތް ކުރައްވައެވެ

.